ކ. ހުރާގައި އިމިގްރޭޝަނުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދިޔަ 46 ބިދޭސީން ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ ހެނދުނު 6:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށެވެ.
އިމިގްރޭޝަނުން އިތުރަށް ބުނެފައިވާ ގޮތުގައި މިމީހުން އަތުލައިގަނެފައި ވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިންނެވެ.
މި މަސައްކަތުގެ ތެރެއިން މާލެ ސަރަހައްދުން މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކުރެވި، 5،000 އަށްވުރެ ގިނަ މީހުން ވަނީ ޑިޕޯޓްކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.



