މާލޭގެ އޮފީހެއްގައި ސިނގިރޭޓް އުފައްދާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، ފުލުހުން އެ އޮފީހެއް ބަލައި ފާސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، ހ. ހުޅުގަލީގައި ހުންނަ އަމިއްލަ އޮފީހެއްގައި ސިނގިރޭޓް އުފައްދަމުންދާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.
ފާއިތުވި އަހަރުގެ ނޮވެމްބަރު މަހު ދުންފަތް ކޮންޓްރް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙުގައި، ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތުގެ އުފެއްދުމެއް އުފެއްދުމަކީ މަނާކަމެއްކަމަށް ކަނޑައަޅާފައިވާއިރު މި ޤާނޫނުގެ ދަށުން، ރާއްޖޭގައި ސިނގިރޭޓް އުފެއްދުމަކީ ޤާނޫނާ ޚިލާފު ޢަމަލެކެވެ.


