ޖަމިއްޔަތުއް ސަލަފުން ވަކިވުމަށްފަހު އަލީ ރަމީޒު، އައު ދީނީ ޖަމިއްޔާއެއް އުފައްދައިފިއެވެ.
މީސްމީޑީއާގައި ކުރި ޕޯސްޓެއް މިކަން ހާމަކުރައްވާ އަލީ ރަމީޒު ބުނީ އަލަށް އުފެއްދި ޖަމިއްޔާގެ ނަމަކީ ”މަންފާ“ ކަމަށެވެ.
އަލީ ރަމީޒު އިތުރަށް ބުނީ، މި ޖަމިއްޔާގެ މަޤްޞަދަކީ އިސްލާމްދީނުގެ ރިވެތި ވަޢުޡުތަކާއި އިރުޝާދުތައް މުޖުތަމަޢުއަށް ފޯރުކޮށްދިނުމާއި، އިސްލާމީ އަޤީދާ ދެމެހެއްޓުން ކަމަށެވެ.
މީގެ އިތުރުން، ދީނީ، އިންސާނީ އަދި އިޖުތިމާޢީ ދާއިރާތަކުން އިސްލާމީ އުންމަތަށް ފައިދާ ހޯދައިދިނުމަށް މަސައްކަތްކުރުމަކީވެސް މި ޖަމިއްޔާގެ މުހިންމު މަޤްޞަދެއް ކަމަށް އޭނާ ބުނެފައިވެއެވެ.
ހުސްވި މަހުގެ 21 ވަނަ ދުވަހު ޖަމިއްޔަތުއް ސަލަފާ އަލީ ރަމީޒު ވަކިވެފައިވާއިރު، އެ ޖަމިއްޔާއިން އޭނާ ވަކިވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.



