އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ސަރޖަރީތައް ހުއްޓާލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް އެ ހޮސްޕިޓަލުން މިއަދު ދޮގުކޮށްފިއެވެ.
އައިޖީއެމްއެޗްއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ އެއްވެސް ސަރޖަރީއެއް މިވަގުތު ހުއްޓާލާފައި ނުވާކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.
މި ހޮސްޕިޓަލުގެ ސަރޖަރީތައް ހުއްޓާލާފައިވާކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެން، ދަންނަވަމެވެ.
މި ހޮސްޕިޓަލުގެ އެއްވެސް ސަރޖަރީއެއް މިވަގުތު ހުއްޓާލާފައި ނުވާކަމުގެ ޔަޤީންކަން އަރުވަމެވެ.
އަދި އާއްމު ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް، މިފަދަ ހަޤީޤަތާ ޚިލާފު…— IGMH (@igmhmv) February 2, 2025
އެހޮސްޕިޓަލުން ވަނީ އާއްމު ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް، މިފަދަ ހަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރަމުންދާތީވެ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ޒިންމާދާރުކަމާ އެކު މަޢުލޫމާތު ފެތުރުމަށް ވެސް އައިޖީއެމްއެޗްއިން ވަނީ ނަޞޭޙަތްތެރިވެފައެވެ.
”އާއްމު ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް، މިފަދަ ހަޤީޤަތާ ޚިލާފު މަޢުލޫމާތު ސޯޝަލް މީޑިއާގައި ފަތުރަމުންދާތީ، މިކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ޒިންމާދާރުކަމާ އެކު މަޢުލޫމާތު ފެތުރުމަށް ނަޞޭޙަތްތެރިވަމެވެ،“ އައިޖީއެމްއެޗްގެ ބުނެފައިވެއެވެ.



