މިމަހު 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕޮންގަލް ފެސްޓިވަލް ނުބޭއްވޭނެ ކަމަށް އަންގައިފިއެވެ.
ފުލުހުން ”އެކްސް“ މެދުވެރިކޮށް ރޭގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ”ޕޮންގަލް 2025“ ގެ ނަމުގައި ބޭއްވުމަށް ރާވަމުންދިޔަ ފެސްޓިވަލް ނުބޭއްވޭނެ ކަމަށް، އެފެސްޓިވަލް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ކަމާބެހޭ އިދާރާތަކުން އަންގާފައިވާ ކަމަށެވެ.
އަދި އެފެސްޓިވަލް މިހާރު ކެންސަލްކޮށްފައިވާ ކަމަށް، އިންތިޒާމުކުރި ފަރާތްތަކުން ވެސް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ވަނީ މިފަދަ ހަރަކާތްތައް ހިންގާނަމަ ދިވެހި ފުލުހުންގެ ހިދުމަތުން އެކަން ހުއްޓުވާނެ ކަމަށް ވެސް ބުނެފައެވެ.
ޕޮންގަލްއަކީ ދަނޑުވެރިކަމުގައި ވަށައިގެންވާ ގުދުރަތީ ތަކެއްޗަށް ޝުކުރު އަދާކުރުމުގެ ގޮތުން ހިންދޫން އީދެއްގެގޮތުގައި ފާހަގަ ކުރާ ހަރަކާތެކެވެ.




