ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ތެރަޕީގެ ޚިދުމަތް ދިނުމުގައި ނުވަ އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ފިޒިއޯ ކްލިނިކުގެ އައު ބްރާންޗެއް ހުޅުމާލޭގައި ހިންގަމުން ކުރިއަށް އެބަދެއެވެ.
”ފިޒިއޯ ކްލިނިކް – އެނެކްސް“ ގެ ނަމުގައި ހުޅުވި މި ތެރަޕީ ސެންޓަރަކީ، ހުޅުމާލޭގައި ދިރިއުޅޭ ކުދިންނަށް ފަސޭހަކަމާއެކު ތެރަޕީގެ ޚިދުމަތް ހޯދައިދިނުމަށް ފިޒިއޯ ކްލިނިކުން ހުޅުވި ތަނެކެވެ.

މި މަހުގެ 1 ވަނަ ދުވަހު ހުޅުވި މި ކްލިނިކުން ވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާނެ ހުރިހާ ތެރަޕީގެ ޚިދުމަތެއް ލިބެން ހުރެއެވެ. އޭގެތެރޭގައި ބިހޭވިއަރަލް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް ތެރަޕީ އަދި ސްޕެޝަލް އެޑިއުކޭޝަން ހިމެނެއެވެ. އަދި ކުދިންގެ ސައިކޮލޮޖިކަލް އެސެސްމެންޓު ހަދައިދިނުން ވެސް ހިމެނެއެވެ.

މީގެއިތުރުން ފިޒިއޯ ތެރަޕީގެ ޚިދުމަތް ވެސް ފިޒިއޯ ކްލިނިކް އެނެކްސް އިން ލިބެންހުރެއެވެ.

އެންމެ ފުރިހަމަ ގޮތުގައި ތެރަޕީގެ ޚިދުމަތް ދިނުމަށް، ބޭނުންވާނެ ހުރިހާ ވަސީލަތެއް ހިމެނިގެންވާ، ފިޒިއޯ ކްލިނިކް އެނެކްސް ހުޅުވާފައި ހުންނަނީ ހުޅުމާލޭ ފޭސް 1، ރީތިގަސްމަގު، އެފްޑަބްލިޔު ރެސިޑެންސް (ސްކެޗަރސް ފިހާރަ ހުންނަ އިމާރާތުގެ) ފުރަތަމަ ފަންގިފިލާ ގައެވެ.

ފިޒިއޯ ކްލިނިކަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ނަން މަޝްހޫރު އެއް ތެރަޕީ ސެންޓަރެވެ. ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ނުހަނު ލޯތްބާއި އޯގާތެރިކަމާއެކު ޚިދުމަތްދޭ އެ ސެންޓަރުން މިހާރު 300 އަށްވުރެ ގިނަ ކުދިން ދަނީ ޚިދުމަތް ހޯދަމުންނެވެ.



