ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ފެނަކައާ ހަވާލުކޮށްފައިހުރި 14 އައިސްޕްލާންޓެއް މިފްކޯއާ މިއަދު ހަވާލުކޮށްފިއެވެ.
މި 14 އައިސްޕްލާންޓު މިފްކޯއާ ހަވާލުކުރީ، ފެނަކައާއި މިފްކޯއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވް އެވެ.
މިފްކޯއިން ބުނީ އެ ކުންފުނީގެ ޓެކްނިކަލް އަދި އިންޖީނިއަރިން ޓީމްތައް ހުރިހާ އައިސްޕްލާންޓްތަކެއް އޮޕަރޭޝަނަލް ކެޕޭސިޓީއަށް އަލުން އާރާސްތުކުރުމުގެ މަސައްކަތުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
”މި ޓްރާންސިޝަނަކީ އަޅުގަނޑުމެންގެ ހިދުމަތުގެ ގާބިލުކަން ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. މި ބަދަލުގެ ސަބަބުން މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިއަށްގެންދިއުމަށް އެންމެންގެ އެއްބާރުލުން ފާހަގަކުރަން“ މިފްކޯގެ ސީއީއޯ ވިޓާލީ ވިދާޅުވިއެވެ.
ފެނަކަގެ ދަށުގައި ހުރި އައިސްޕްލާންޓުތަކުގެ ތެރެއިން މިފްކޯއާަ މިއަދު ހަވާލުކުރީ:
° ހއ. އިހަވަންދޫ
° ނ. ޅޮހި
° ރ. އަލިފުށި
° ބ. ތުޅާދޫ
° ފ. ފީއަލި
° ފ. ނިލަންދޫ
° ތ. ހިރިލަންދޫ
° ގއ. ދާންދޫ
° ގއ. ދެއްވަދޫ
° ގއ. ގެމަނަފުށި
° ގއ. ކޮލަމާފުށި
° ގދ. ފަރެސްމާތޮޑާ
° ގދ. ފިޔޯރީ
° ސ. ހިތަދޫ



