ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން މިއަދު ފަށާފައިވާ ”ރޯދަ ސާފު“ ޕްރޮގްރާމުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިންވެސް ބައިވެރިވެއްޖެއެވެ.
ދިވެހި ބަހާ ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާ އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާއި ގުޅިގެން ރޯދަމަހަށް މަރުޙަބާ ކިޔުމުގެ ގޮތުން ބޭއްވި ”ރޯދަ ސާފު“ ހަރަކާތް ފަށާފައިވަނީ މިއަދު ހެނދުނުއެވެ.
އެގޮތުން އެ ހަރަކާތުގައި އާރްޑީސީގެ ވަރަށް ގިނަ މުވައްޒަފުންތަކެއް ވަނީ ބައިވެރިވެ، މާލެތެރެ ސާފު ކުރުމުގައި ބައިވެރިވެފައެވެ.
އެވޭލާ ޒަމާނުން ފެށިގެން ރޯދައަށް ގޯތިގެދޮރު ސާފުކޮށް، ގޯތިގެދޮރުގެ އާބާތުރަފިލުވުމަކީ ދިވެހިން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ސަރުކާރުން އިސްނަގައިގެން މިއަދު ފެށި މި ހަރަކާތުގައި ވަރަށް ގިނަ މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ.




