މިފެށޭ ރޯދަ މަަހަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޚިދުމަތްތައް ފުޅާކުރަން ނިންމައިފިއެވެ.
ރޯދައަށް އިންތިޒާމުކޮށްފައިވާ ކަންކަން އިއުލާނު ކުރުމުގެ ގޮތުން އެމްޕީއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕޯޓް ޑިޕާޓްމެންޓްގެ ހެޑް އިލްޔާސް މުހައްމަދު ވިދާޅުވީ ރޯދަ މަހަށް ހާއްސަކޮށްގެން މަސައްކަތް އަވަސްކުރުމުގެ ގޮތުން ވަގުތީ ގޮތުން 19 މުވައްޒަފުން ކާގޯ ވެސެލްތަކަށް ހާއްސަކޮށް ނަގާފައިވާ ކަމަށެވެ.
މީގެއިތުރުން އިލްޔާސް ވިދާޅުވީ ކޮންޓެއިނާ ވެސެލްތަކާއި ޖެނެރަލް ވެސެލްތައް ޖެއްސި ނަމަވެސް، މިހާރު ދެ ވެސެލް އެއްކޮށް ގާތްގަނޑަކަށް 10 ވަރަކަށް ވެސަލް ޖައްސާކަމަށެވެ. އެގޮތުން އިލްޔާސް ވިދާޅުވީ ”ޝެޑިއުލް ވައިސް“ ނޫންކޮށް ޝިޕިން އެޖެންޓުން މުދާ ގެންނާތީ ބޯޓުތައް އަންނަނީ އެއްފަހަރާ ކަމަށެވެ.
”ދެން މި ޝެޑިއުލް ވައިސްކޮށް ގެނެއްސިއްޔާ ވަރަށް ފަސޭހަކަމާ އެކު އެކަން ކުރެވިދާނެ. އެހެންނަމަވެސް މިހާރު އެޖެންޓުންނަށް ވެސް ގެނެވިއްޖެ. ބޯޓުތައް އަންނަނީ ވެސް އެއްފަހަރާ. ގާތްގަނޑަކަށް 10 ބޯޓު އެއްފަހަރާ އަންނަ ދުވަސްތައް ވެސް ދޭ“ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިލްޔާސް ވިދާޅުވިއެވެ.
އެމްޕީއެލްއަށް ވަގުތީ ގޮތުން 19 މުވައްޒަފުން ނަގާފައިވާ ކަމަށާއި އެމުވައްޒަފުން ނެގީ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށާއި ފަސޭހަ ކުރުމަށްޓަކައި، ކުރިއަށް އޮތް ތިން މަސް ދުވަހަށް ކަމަށް ވެސް އިލްމާސް ވިދާޅުވިއެވެ.



