މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ އޮންނާނެއެވެ.
މި ޖަލްސާ އޮންނާނީ މިރޭ 20:00 ގައެވެ. އެގޮތުން ރަމަޟާން މަހުގެ ހަނދާ ގުޅޭގޮތުން ނެރޭ ބަޔާން 20:15 އެހައިކަށްހާއިރު އިއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މާރޗްމަހުގެ ފުރަތަމަ ދުވަސްވާ ހޮނިހިރުދުވަހެވެ. މިއަހަރު ރޯދަމަހުގެ ހަނދު ސާބީތުކުރުމަށް ތައްޔާރުވަމުންދާއިރު މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ކަލަނޑަރުގައި ވާ ގޮތަށް މާރިޗު މަހުގެ 1 ވާ ހޮނިހިރު ދުވަހަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ފަލަކީ ޢިލްމުވެރިން ވިދާޅުވެއެވެ. އަދި ހަނދު ފެނުމުގެ އެންމެ ފުރުސަތު ބޮޑީ ދެކުނަށް ކަމަށް ވެއެވެ.
މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށްޓަކާ ރަމަޟާންމަހުގެ ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭ ކޯޓެއްގެ ޤާޟީއެއްގެ ކުރިމަތީގައެވެ. އަދި އަތޮޅުތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ ކުރިމަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހެކިބަސްދޭނީ އެވަގުތަކު ރަށު ކައުންސިލް އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި ވެރިޔާގެ ކުރިމަތީގައެވެ.




