މުޅިއަކު 40 މަސް ދޯންޔަކުން ކިރުވި މަހަށް 3 މިލިޔަން ރުފިޔާ މިފްކޯއިން ޖަމާކޮށްދީފިއެވެ.
މިފްކޯއިން ބުނީ މިއީ މިދިޔަ ބުދަ ދުވަހު މަސް ކިރުވި ދޯނިތަކަށް ޖަމާކޮށްދިން އަދަދު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މަސްވެރިން ބާނާ މަހަށް، މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ދަނީ ދައިސާ ޖަމާކޮށްދެމުންނެވެ.
ރައީސްގެ އެ ވައުދުފުޅު ތަންފީޒު ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެންނެވެ.
މަސްވެރިކަމަށް ގެނައި މި އައު އުސޫލާ ގުޅިގެން އިތުރު ދޯނިތައް މަސްވެރިކަމަށް ނިކުމެފައިވާ ކަމަށް މިފްކޯ އިން ބުނެފައިވެއެވެ.
މިފްކޯ އިން ބުނީ، މިމަހުގެ 20 ވަނަ ދުވަހު 40 ދޯންޏަކުން މަސް ކިރާފައިވާ ކަމަށާއި އެ ދޯނިތަކުން މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށް 3.5 މިލިޔަން ރުފިޔާ އަރާކަމަށެވެ. އެގޮތުން އެ ފައިސާގެ ތެރެއިން ބީއެމްއެލް އެކައުންޓުތަކަށް ޖަމާކުރަންޖެހޭ ފައިސާ މިހާރު ޖަމާކޮށްފައިވާ ކަމަށާއި ބީއެމްއެލް ނޫން ބޭންކް ޓްރާންސްފާތައް މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 2:30ގައި ޖަމާކުރާނެކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުމަކީ މި ސަރުކާރުގެ އަމާޒެކެވެ.



