ޤައުމީ އެއާލައިން (މޯލްޑިވިއަން) އިން ހޯރަފުއްޓާއި ފުވައްމުލައް ސިޓީއަށް ދަތުރުތައް އިތުރުކޮށްފިއެވެ.
މޯލްޑިވިއަންއިން ބުނީ، މި ދަތުުރުތައް އިތުރުކޮށްފައިވަނީ އަންނަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހަށް ކަމަށާއި މިހާރުވެސް އެ ދަތުރުތަކަށް ބުކް ކުރެވޭނެ ކަމަށެވެ.
އެގޮތުން މާލެއިން ހޯރަފުއްޓަށް އެރޭ 7:10 ގައި އިތުރު ފްލައިޓެއް އޮންނާނެ ކަމަށާއި ހޯރަފުށިން މާލެއަށް އެރޭ 8:35 ގައި ވެސް ފްލައިޓެއް އޮންނާނެ ކަމަށް މޯލްޑިވިއަންއިން ބުނެފައިވެއެވެ.
އަދި އެދުވަހު ހެނދުނު 6:00 ގައި މާލެއިން ފުވައްމުލަކަށް އިތުރު ފްލައިޓެއް އޮންނާނެ ކަމަށާއި އެދުވަހު ހެނދުނު 7:35 ގައި ފުވައްމުލަކުން މާލެއަށް އިތުރު ފްލައިޓެއް އޮންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި ދަތުރުތަކަށް ބުކް ކުރަން ބޭނުންވާ ފަރާތްތަކުން 1671 ނަންބަރު ފޯނާ ގުޅާލައިގެން ނުވަތަ މޯލްޑިވިއަންގެ ވެބްސައިޓުން ވެސް ބުކިންގް ހެދޭނެ ކަމަށް ޤައުމީ އެއާލައިނުން ބުނެފައިވެއެވެ.
މޯލްޑިވިއަންގެ ދަތުރުތައް އިތުރު ކޮށްފައިމިވަނީ، ސަކޫލްތަކުގެ ބޮޑު ޗުއްޓީއާއި މި ޢީދު ބަންދަށް ރަށްރަރަށް ދަތުރުކޮށްފައިވާ ފަރާތްތަކަށް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.



