ފިޠުރު ޢީދު ދުވަހުގެ ބަންދާ ގުޅިގެން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) މަސް ފިހާރަތަށް ބަންދު ކޮށްފިއެވެ.
މިފްކޯއިން މިއަދު ބުނީ، ޢީދު ބަންދާ ގުޅިގެން އިއްޔެއިން ފެށިގެން އަންނަ އޭޕްރިލް މަހުގެ 3 އާއި ހަމައަަށް އެ ކުންފުނީގެ މަސްފިހާރަތަށް ބަންދުވާނެ ކަމަށެވެ.
އަދި 4 އޭޕްރިލްއަކީ ހުކުރު ދުވަސް ކަމަށްވުމާއެކު، ދެން މިފްކޯ މަސްފިހާރަތަށް ހުޅުވޭނީ 5 އޭޕްރިލްވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:30 ގައި ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މިފްކޯގެ ހަތަރު މަސް ފިހާރައެއް މާލެ ސަރަހައްދުގައި ހުރެއެވެ. އެއީ މާލޭގައި ދެ ފިހާރައާއި ހުޅުމާލޭ ފޭސް 1 ގައި އެއް ފިހާރަ އަދި ހުޅުމާލޭ ފޭސް 2 ގައި ވެސް އެއް ފިހާރައެވެ.


