ތ އަތޮޅުގައި މި މަހު ޑަޔަލިސިސްގެ ޚިދުމަތް ފަށަން ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ އަންނަ ހަފްތާގައި ތ. އަތޮޅުގައި އެ ޚިދުމަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.
ތ އަތޮޅުުގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް ނިންމާފައި ވަނީ ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލުގައެވެ.
ހެލްތު މިނިސްޓްރީން އިތުރަށް ބުނީ މި މަހުގެ ތެރޭގައި ނ އަތޮޅު ވެލިދޫގައިވެސް ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވެލިދޫގައި ޑަޔަލަސިސްގެ ޚިދުމަތްފެށުމުގެ މަސައްކަތް ކުރަމުން އަންނައިރު މި ވަގުތު ނ. މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައިވެސް ޑަޔަލިސިސްގެ ޚިދުމަތް ދެމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
ޑަޔަލިސިސްގެ ޚިދުމަތް އެންމެ ފަހުން ފަށާފައި ވަނީ ހއ. އިހަވަންދޫގައެވެ. އެ ޚިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކަކީ، އއ،އދ،ވ،މ،ފ އަދި ދަ އަތޮޅެވެ.
މިއީ ރައްޔިތުންނާ ވީހާވެސް ގާތުން ސިއްޙި ޚިދުމަތްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އަތޮޅުތަކުގައި ޤާއިމުކުރަމުން އަންނަ ޚިދުމަތެކެވެ.ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ލިބޭނެގޮތް ހެދުމެވެ.



