ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި މިއަދު ތުރުކިޔޭގެ އަންތާލިއާއަށް ވަޑައިގެންފިއެވެ.
މިނިސްޓަރު ޚަލީލް ތުރުކިޔޭގެ އަންތާލިއާއަށް ވަޑައިގެންފައި ވަނީ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރުވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިއީ ތުރުކިޔޭގެ ފޮރިން މިނިސްޓަރު، ހަކާން ފިދާންގެ ދަޢުވަތަކަށް މިނިސްޓަރު ޑރ. ޢަބްދުالله ޚަލީލް ކުރައްވާ ދަތުރުފުޅެކެވެ.
”ރީކްލެއިމިންގ ޑިޕްލޮމަސީ އިން އަ ފްރެގްމެންޓެޑް ވޯލްޑް“ ގެ ޝިއާރުގެ ދަށުން މި މަހުގެ 11 އިން 13ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމް އޮންނާނީ އަންތާލިއާގެ ނެސްޓް ކޮންވެންޝަން ސެންޓަރުގައެވެ.
މި ފޯރަމްގައި ”ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް“ ގެ ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ޑރ ޚަލީލް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ރަޙްމަތްތެރި ޤައުމުތަކުގެ ފޮރިން މިނިސްޓަރުންނާ މިނިސްޓަރު ޚަލީލް މި ފޯރަމްގެ ހަވާސާގައި ބައްދަލުކުރައްވާނެއެވެ.



