އައްޑޫ ސިޓީގެ 18 މިސްކިތެއް ސޯލާ ކުރަން ވިންގް އޮން މޯލްޑިވްސް ޕްރައިވެޓް ލިިމިޓެޑާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުން އެކުލަވާލާފައި ވަނީ އައްޑޫ ސިޓީ ކައުންސިލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ 18 މިސްކިތް ސޯލާ ކުރުމުގެ މަސައްކަތް ވިންގް އޮން މޯލްޑިވްސްއާ ހަވާލުކޮށްފައި ވަނީ ސައިޓް ހަވާލު ކުރާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކުރެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މިއީ 2،250،261 ރުފިޔާ ޚަރަދުކޮށްގެން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެއް ކަމަށެވެ.
މި އެއްބަސްވުމުގައި އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މޭޔަރު، މުހައްމަދު ޝުޖާއުއެވެ.



