މުހިންމު މަސައްކަތެއް ކުރުމަށްޓަކައި ހިޔާގެ ފުރަތަމަ ޓަވަރުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން ސްޓެލްކޯއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް ތާވަލު ކުރެވިފައިވާ ކަމަށެވެ.
އެގޮތުން އެކި ދުވަސްތަކަށް ބަހާލައިގެން ޓަވަރުތަކުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، ހިޔާގެ ފުރަތަމަ ޓަވަރުގައި މި މަސައްކަތް ކުރުމަށްޓަކައި މާދަމާ 9:00 އިން ހަވީރު 5:00 އާ ދެމެދު، އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުން ވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިކަމަކަށް ސްޓެލްކޯއިން މާފަށް އެދެއެވެ.




