ސިނަމާލެ ބުރިޖުގެ ހައިވޭގައި ވޭނަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނި އެކްސިޑެންޓުވީ، ސީޕްލޭން ޓާމިނަލް ސަރަހައްދުން ނުކުތް ވޭނަކާއި، މާލެއިން ހުޅުމާލެއަށް ދާ ލޭނުން ދުއްވާފައި ދިޔަ ސައިކަލެއް ކަމަށެވެ.
އަދި އެ އެކްސިޑެންޓުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު 17:53 ހާއިރު ކަމަށް ފުލުހުން ހާމަކުރެއެވެ.
މި އެ އެކްސިޑެންޓްގައި އަނިޔާވީ ސައިކަލު ދުއްވަން އިން މީހާއަށާއި ހަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށެވެ.
ކުޑަކުއްޖާއަށް ޓްރީޓޮޕްގައި ފަރުވާ ދެމުން އަންނައިރު ސައިކަލު ދުއްވަން އިން މީހާއަށް ފަރުވާ ދެމުން ދަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ.
މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



