ފެނަކަ ކޯޕަރޭޝަނުގެ އިސްވެރިން އެ ކުންފުނީގެ ހެޑް އޮފީހުގެ މުވައްޒަފުންނާ ބައްދަލު ކުރައްވައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ އިސްވެރިން، ކުންފުނީގެ ހެޑް އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނީ މި ބައްދަލު ކުރެއްވުމުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރިޓައަރޑް) މުޙައްމަދު ނަޖާޙް ބައިވެރިވެ ވަޑައިގެންފައިވާ ކަމަށެވެ.
އެގޮތުން މި ސެންޝަންތަކުގައި ކުންފުނީގެ ކުރިމަގާއި، މަސައްކަތްތައް ރޭވިފައިވާ ގޮތާމެދު މަޝްވަރާކުރައްވާފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އަދި މުވައްޒަފުންނާ ގުޅުން ހުރި ގިނަ ކަންތައްތަކާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރައްވާފައިވާ ކަަމަށްވެސް ފެނަކައިން ކުރި ޕޯސްޓުގައި ބުނެފައި ވެެއެވެ.



