ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރަކަށް މުހައްމަދު މުޖްތާޒު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުޢިއްޒު މަޖިލީހުގެ ތަޅުމަށް ފޮނުއްވާފައި ވަނީ މުޖުތާޒުގެ ނަމެވެ.
ސީއެސްސީގެ މެންބަރަކަށް މުޖުތާޒު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި 71 މެންބަރުން ވަނީ ރުހުން ދީފައެވެ.
17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު ކަން ކުރައްވާފައި މުޖުތާޒު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ.
ސީއެސްސީގެ މެންބަރުކަން ހުސްވެފައި ވަނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.



