ޗައިނާގެ ފުޑް އިންޑަސްޓްރީގެ ދިރާސާ ޓީމުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް(މިފްކޯ)އާ ބައްދަލުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ ޗައިނާ ޗެމްބަރ އޮފް ކޮމާސް އޮފް ފުޑްސްޓަފްސް އެންޑް ނޭޓިވް ޕްރޮޑިއުސް (ސީއެފްއެންއޭ) އިން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް(މިފްކޯ) އާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މިފްކޯއިން ވީޑިއޯ ޕްރެޒެންޓޭޝަނެއްގެ ޒަރީއާއިން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގޮތްތަކާއި މަސް ރައްކާކުރުމުގެ މަރުޙަލާތައް ދައްކުވައިދީފައިވާ ކަމަށެވެ.
މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރެޒެންޓޭޝަނުން ސީއެފްއެންއޭގެ ޓީމަށް ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަމާއި ޤާބިލިއްޔަތުތަކާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ.




