މަސް ހިފަން ފޭބި މީހަކަށް މިޔަރެއް ހަމަލާދީ ޒަހަމުކޮށްލައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 7:00 ހާއިރެވެ.
ކުޅުދުއްފުށީ ކައުންސިލުގެ މެންބަރަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މިޔަރުގެ ޝިކާރައަކަށްވީ އިތުރު ބަޔަކާއެކު ސްނޯކްލިން އަށް ގޮސް އުޅުނު 29 އަހަރުގެ ޒުވާން ފިރިހެނަކަށެވެ. މިޔަރުގެ ހަމަލާ އަމާޒުވީ އެ މީހާގެ ކާނަތުގެ ކޮނޑަށެވެ.
ޒަހަމްވި މީހާއަށް ފަރުވާދެމުން އަންނަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައެވެ.
އެނގިފައިވާ ގޮތުގައި މިޔަރު ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ ކޮނޑު ހުޅު ވަނީ ނެއްޓިފައެވެ.
އަދި މިހާރު ކޮނޑުހުޅު އަޅުވާފައި ވާއިރު އޭނާގެ ޒަހަމްތަކުން ވަނީ ލޭ މަނާ ކުރެވިފައި ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ހަވާލާދީ އާންމުކޮށްފައިވާ މަޢުލޫމާތުތަކުގައި ބުނެފައިވެއެވެ.


