ރާއްޖޭގެ އެންމެ ދުވަސްވީ މުއާސަލާތީ ޚިދުމަތް ދެމުންގެންދާ ފަރާތް ކަމުގައިވާ ދިރާގުން، އެ ކުންފުނީގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ރީލޯޑްކޮށްގެން 60،000 ރުފިޔާ ހޯދުމުގެ ރަނުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
މިއީ، ހަފްތާއަކު ޖުމްލަ 300 ރުފިޔާއަށް ވުރެ ގިނައިން ރީލޯޑްކުރާ ނުވަތަ ޑޭޓާ އެޑް-އޮން އެކްޓިވޭޓްކުރާ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުގެ ނަސީބުވެރިއަކަށް 10،000 ރުފިޔާ ލިބިގެންދާނެ ޕްރޮމޯޝަނެއް ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.
މީގެ އިތުރުން، ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް 20 ރުފިޔާއިން މަތިން ކުރާ ކޮންމެ ރީލޯޑަކަށް 1ޓީ.ބީ އާ ހަމައަށް ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެއެވެ. މިއީ، ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ލިބޭ ފަސޭހަ ފުރުސަތެކެވެ.
އަންނަ މެއި މަހުގެ 31ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ދިރާގުއެޕް، ދިރާގުޕޭ، މައިއެކައުންޓް ނުވަތަ ދިރާގުގެ ޕަރޓްނަރ ފިހާރަތައް މެދުވެރިކޮށް ރީލޯޑްކޮށްގެން ބައިވެރިވުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލައިފައެވެ.
އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން، ތަފާތު ޑޭޓާ އެލަވަންސްތަކާއި ވެލިޑިޓީ އިހްތިޔާރުކުރެވޭ ގޮތަށް އެކިއެކި ޕްރިޕެއިޑް ޕްލޭންތައް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ.
ދިރާގުން އަބަދުވެސް ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.



