ކުށް މަދުކުރަން އޭދަފުށީގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމައިފިއެވެ.
މިއީ އޭދަފުށީ ކައުންސިލުގެ ފަރާތުން އޭދަފުށީ ޕޮލިހަށް ހަދިޔާކުރި ކެމެރާތަކެކެވެ.
މިގޮތުން ކުށްމަދު އަމާން މުޖުތަމައެއް ރަށްރަށުގައި ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެދަށުން ކުރިއަށް ގެންދާ މި މަސައްކަތަކީ ފުލުހުންނާއި ކައުންސިލު ގުޅިގެން ރަށުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތެކެވެ.
ފުލުހުން ބުނީ މި މަހު 20 ވަނަ ދުވަހު ފެށި މި މަސައްކަތުގެ ދަށުން، ބަނދަރު ސަރަހައްދުގައި ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
އޭދަފުށީގައި ބެލެނިވެރިޔަކާ ނުލައި ރޭގަނޑު ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް އެ ރަށު ޕޮލިސްސްޓޭޝަނުން ވަނީ ފަށައިފި އެވެ.
ފުލުހުން އޭދަފުށީގައި އިއްޔެ އެ މަސައްކަތް ފަށާފައިވަނީ ކުށުގެ ވެށިން ކުޑަކުދިން ރައްކާތެރިކޮށް، ކުށް މަދު، އަމާން މުޖުތަމައެއް ގާއިމުކުރުމަށެވެ.



