ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ޓަރޝަރީ ފެންވަރަށް ތަރައްޤީ ކުރަން މަޝްވަރާކޮށްފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތް ދިނުމަށް، ތަރައްޤީ ކުރުމާއި އެ މިނިސްޓްރީއާއި ކުޅުދުއްފުށީ ކައުންސިލާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.
މިއަދު މިނިސްޓްރީ އޮފް ހެލްތުގައި ކުރިއަށް ދިޔަ މި މަޝްވަރާގައި މިހާރު ހޮސްޕިޓަލްގައި ޚިދުމަތް ދިނުމަށް ހުރި ގޮންޖެހުންތަކާއި ޚިދުމަތް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ވަނީ މަޝަވަރާކޮށްފައެވެ.
އެގޮތުން ކުޅުދުއްފުށީ ކައުންސިލްގެ އިތުރުން ދާއިރާގެ މަޖިލިސް މެމްބަރުންވެސް ބައިވެރިވި މި ބައްދަލުވުމުގައި ކުޅުދުއްފުށީ ހޮސްޕިޓަލްގެ އެކްޓެންޝަން އިމާރާތް އެޅުމުގެ ބިމުގެ ކަންކަމާއި ގުޅޭގޮތުންވެސް އެ މިިނިސްޓްރީން ވަނީ މަޝްވަރާކޮށްފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މިހާރުވެސް ވަރަށް ގިނަ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން ހދ ގެ އިތުރުން ހއ ގެވެސް ވަރަށް ގިނަ ރަށްރަށުން މިހާރުވެސް ހޮސްޕިޓަލްގެ ޚިދުމަތް ހޯދުމަށް ކުޅުދުއްފުށްޓަށް ޒިޔާރަތްކުރެއެވެ.



