ސްޓެލްކޯގެ ”މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް“ އަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ވޯކް-އިން އިންފޮމޭޝަން ސެޝަންއެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި އިންފޮމޭޝަން ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 24 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އިން 12:00 ސްޓެލްކޯގެ ޓްރެއިނިންގ ރޫމް (ފަސްވަނަ ފަންގިފިލާ)ގައެވެ.
މި ސެޝަންގައި މި ސްކޮލާޝިޕްތަކާއި ގުޅޭ ހުރިހާ މައުލޫމާތެއް ދެވިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މީގެ އިތުރުން އޮންލައިން އިންފޮމޭޝަން ސެޝަންއެއް ވެސް ހަމައެދުވަހުގެ 13:00 އިން 14:00 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ސެޝަނަށް ރަޖިސްޓަރ ވުމަށް އެދި training@stelco.com.mv އަށް އީމެއިލް ފޮނުވުމުން މީޓިންގ ލިންކު ހިއްސާކުރެވިގެންދާނެ ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.



