ޖަަލަށް ގެންދަންޖެހޭ 92 މީހަކު ޖާގަނެތިގެން ޖަލަށް ނުގެންދެވި މި ވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިސެންސް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޑީސީޕީ އިބްރާހިމް މުހައްމަދު ދީދީ މިހެން ވިދާޅުވީ، ރައްޔިތުނުްގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހްމާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ހުކުމްކޮށްފައި ޖަލަށް ނުގެންގޮސް މީހުން ބައިތިއްބަންޖެހޭ ކޭސްތައް އެގޮތަށް އޮތީ ކީއްވެގެންތޯ އަބްދުއްރަހްމާން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޑީސީޕީ އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ އެއީ އެ ޖަލުތަކުގައި ޖާގަނެތުމުގެ ސަބަބުން ކަމަށެވެ.
”ދިވެހި ފުލުހުންނާއި އަޅުގަނޑުމެންނާ ދޭތެރޭ އޮތް އެންމެ ބޮޑު ހަނގުރާމައަކީވެސް ތިއީ“ އޭނާ ވިދާޅުވިއެވެ.
އެގޮތުން ޖަލުގައި ޖާގަ ނެތުމުގެ ސަބަބުން ރިމާންޑަށް ޖަހާފައި ޖަލަށް ނުގެންދެވި ފުލުހުންގެ ބެލުމުގެ ދަށުގައި 70 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވިއެވެ.
އަދި ހުކުމްކޮށްފައި ޖަލަށް ގެންދަންޖެހޭ 22 މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށްވެސް އޭނާ ހާމަ ކުރެއްވިއެވެ.
މީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިސަންސް އިބްރާޖިމް މުހައްމަދު ދީދީ ވިދާޅުވީ ޖަލުތަކުގެ ޖާގައިގެ ދަތިކަމާހުރެ ކުރިމަތިވެފައިވާ އެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާންއާވެސް މަޝްވަރާކުރައްވަމުން ގެންދާ ކަމަށެވެ.



