ޕީއެސްއެމްގެ އިމާރާތްތައް މަރާމާތުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީއާ) ހަވާލުކޮށްފިއެވެ.
އާރްޑީސީން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ޕީއެސްއެމްގެ ގޯތިތެރޭގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާ ކަަމަށެވެ.
އަދި އަތޮޅުތެރެ އާއި މާލޭގައި ހުރި ޕީއެސްއެމްގެ އިމާރާތްތައް މަރާމާތުކުރުމަށްވެސް އާރްޑީސީއާ ހަވާލުކޮށްފައިވާ ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
މީގެ އިތުުރުން އެ ކޯޕަރޭޝަނާއި ޕީއެސްއެމްއާއި ގުޅިގެން މަސައްކަތް ކުރުމުގެ ފަހުމުނާމާއެއްގައި މިއަދު ސޮއި ކޮއްފައިވާ ކަމަށްވެސް އާރްޑީސީން ވަނީ ބުނެފައެވެ.
އާރްޑީސީން އަންނަނީ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެގޮތުން ރަށްރަށުގައި ނުނިމި ހުރި މަޝްރޫޢުތަކާއި ކުރިއަށް ނުގޮސް ހުއްޓިފައި ހުރި މަޝްރޫޢުތަަށް ކުންފުނިތަކާއި ހަވާލު ކުރި އިރު ސަރުކާރުން ވަނީ އާރްޑީސީއާ 23 މަޝްރޫއެއް ހަވާލުކޮށްފައެވެ.



