ކަޝްމީރުގައި ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުން ކަޝްމީރުގައި ޓޫރިސްޓުންނަށް އަމާޒުކޮށް ބަޑިން ދިން ހަމަލާތަކެއްގައި 24 މީހުން ވަނީ މަރުވެފައެވެ.
މިކަމަށް އިޝާރާތްކުރައްވާ އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕަހަލްގަމްގައި ދިން ބިރުވެރި ޓެރަރިސްޓް ހަމަލާގައި މައުސޫމް ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ޒަޚަމްވެފައިވާ ހާދިސާއިން ފުން ހިތާމައާއި ސިހުމެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ހަމައެހެންމެ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ދިވެހި ސަރުކާރުން ސާބިތުވެ ދެމި ތިބޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ވަނީ މި ދަތި ދަނޑިވަޅުގައި އެ ހަމަލާގައި މަރުވި މީހުންނާއި އެމީހުންގެ އާއިލާތަކާ އެކުގައި ”ވިސްނުން“ ވާކަމަށް ވިދާޅުވެފައެވެ.



