މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އަށް މެންބަރަކު އައްޔަން ކުރަން 10 ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ހުރިހާ ފަރާތްތަކެއްގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ.
އެގޮތުން އެ ނަންތައް ދިރާސާކުރުމަށް ރިޔާސަތުން ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ފޮނުވާފައެވެ.
ރައީސް މަޖިލީހަށް ފޮނުއްވި ނަންތައް:
އަލްއުސްތާޒާ އާމިނަތު ޝިޔާނާ، މ،. ފަތަހަ
އިބްރާހިމް އަޝްރަފު، ވ.މަޝްވެލި
މޫސާ ރިޟްވާން، މ.ހާވިލާ
އަލީ ޔޫސުފް، ބާރަނާ، ޅ.ހިންނަވަރު
ޒީނާ ޒާހިރު، އަތިރީގެ، ގދ.ގައްދޫ
އަހުމަދު ޒާހިރު، ހ.ސަންދަލީގެ
ޒައްމަތު އަހުމަދު ވަހީދު، މަލަ، ގދ.ތިނަދޫ
މުހައްމަދު ޝަމީމު، ހ.ޕްރިޓީިވިލާ
ޝިމްލާ އަހުމަދު، ކާސްޓްރަލްގެ، ސ.ހިތަދޫ
ފާތުމަތު ޒައީމާ، އޯކިޑުމާގެ، ށ.ފީވައް
ބްރޯޑްކޮމްއަށް މެންބަރަކު އައްޔަން ކުރަނީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުޙައްމަދު ފަޒީން މަޤާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.




