މި މަހު ކުރީކޮޅު އެޗްޑީސީގެ ބޯޑުން ވަކިކުރި މުހައްމަދު ވަހީދު އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފި އެވެ.
އޭނާ އެ މަޤާމަށް އައްޔަނުކޮށްފައި ވަނީ މިއަދު އެވެ.
ޕީސީބީން ދެންމެ ކުރި ޕޯސްޓެއްގައި ބުނީ މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް، ހއ. ފިއްލަދޫ، މަބުސްތާނުގެ، މުޙައްމަދު ވަޙީދު މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ.
އެޗްޑީސީގެ ބޯޑަށް މުހައްމަދު ވަހީދު އައްޔަންކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި އޭނާ އެ މަޤާމުން ވަކި ކުރީ މި މަހުގެ 6 ވަނަ ދުވަހުއެވެ.




