ހެންވޭރު ގެެއެއްގެ ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު 21 އަހަރުގެ އަންހެން ކުއްޖާގެ ހާދިސާގައި ފުލުހުން އަމަލުކުރި ގޮތާމެދު ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާތީ މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ހާދިސާގެ ސީސީޓީވީ ފުޓޭޖް ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ވަނީ މިއަދުގެ ނިއުސް ކޮންފަރެންސްގައި އެ ހާދިސާއާއި ގުޅިގެން ތުހުމަތުވާ މީހުންގެ ވަނަވަރުވެސް ހާމަކޮށް މި މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު މިހާރު ހިފަހައްޓާފައިވާކަން ހާމަކޮށްފައެވެ.
އެ ހާދިސާގެ ސީސީޓީވީ ވީޑިއޯ ފުޓޭޖް އާންމުކޮށް ފުލުހުން ބުނީ އެ ވީޑިއޯ އާންމުކޮށްފައި ވަނީ ގިނަ ބަޔަކު އެ ހާދިސާއާ ގުޅޭ ގޮތުން ސުވާލު އުފައްދަމުން އަންނާތީ ކަމަށެވެ.
އެ ވީޑިއޯގައި އަންހެންކުއްޖާ ވެއްޓުމުގެ ކުރިން އެ މީހުނާ އެއްވެސް ގުޅުމެއްނެތް ގެޔަކަށް ވަދެ ހަަރަކާތްތެރިވެފައި ވެއެެވެ. އެއީ ހ.ފެންޓޯނިއާއެވެ. އަންހެންކުއްޖާ ވެއްޓިފައި އޮއްވާ ފެނުނީ އެގޭ ތިރީގައި ހުރި ގުދަނެއްގެ ފުރާޅު މަތިންނެވެ.
ފިރިހެންކުއްޖާ އެ ގެޔަށް ވަދެފައި ވަނީ އަންހެންކުއްޖާ އެ ގެޔަށް ވަނުމުންނެވެ. އަދި އެ އަންހެން ކުއްޖާ އެެ ގޭގެ މަތީ ފްލޯއަކަށް އަރާ ވެއްޓުމާ ހަމައަށް އޭނާއާއެކު އެންމެފަހުން ތިރީ ފްލޯއެއްގައި ހަރަކާތްތެރިވެފައި ވަނީ ރައުދު އަހުމަދު ޒިލާލު 21 އ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ހެންވޭރު ގެއެއްގެ ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވާ ފެނިފައި ވަނީ ހައްވާ ޔުމްނު ރަޝީދު 21އ އެވެ.
މި ދެ މީހުންގެ އިތުރުން އެރޭ އެ މީހުނާއެކު އޭގެ ކުރިން 7 މީހަކު އިތުރު ދެ ގެޔެއްގައި ހަރަކާތްތެރިވެފައި ވެއެވެ. އެ މީހުންނަކީ:
އައިޝަތު ލަޔާލީ އިޤްބާލު، ކ.މާލެ، ގ.ނޯތުބްރީޒް
ޔޫސުފް ޣައްސާރު އަބްދުލްޣައްފޫރު، ކ.މާލެ، ހ.ހީނާޒް
ޔޫސުފް އަހުމަދު އަކުރަމް، ކ. މާލެ، މއ. މާންދޫގެދެކުނުގެ
ހުސައިން ހަލީސް އަލީ، ނ.ވެލިދޫ، އަވި
އާމިނަތު ޖުނެއިިނާ ޖަމްޝީދު (ނާނާ)، ޅ.ތިލަފަޅު
އިޒްދިޔާން މުހައްމަދު މައުމޫން، ކ.މާލެ، މއ. މާންދޫގެދެކުނުގެ
އިޖާޒް ޖާއިޒް، އޭޕްރީލް، ގދ.ފަރެސްމާތޮނޑާ



