ރޭ ބޭއްވި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަސްވެނިވުމުގައި 349 ދަރިވަރަކު ސަނަދު ހާސިލުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ބާއްވާފައި ވަނީ އެމްއެންޔޫގެ މައި މަރުކަޒުގައެވެ.
އެއީ މިދިޔަ އަހަރުގެ ދެވަނަ ސެމިސްޓާގައި ކިޔަވައި ނިންމި ދަރިވަރުންނެވެ.
ސަނަދު ހާސިލުކުރި ފަރާތްތަކުގެ ތެރޭގައި އެމްއެންޔޫގެ 9 ފެކަލްޓީއަކުން ކިޔެވި ދަރިވަރުން ހިމެނެ އެވެ.
ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ސްކޫލް އޮފް ނާސިންގގެ 101 ދަރިވަރުން އަދި ސްކޫލް އޮފް މެޑިސިންގެ 24 ދަރިވަރުން ހިމެނޭއިރު އެމްއެންޔޫ ބިޒްނަސް ސުކޫލުގެ 44 ދަރިވަރުން އަދި ސްކޫލް އޮފް ނާސިންގްގެ މާސްޓާރސް ޕުރޮގްރާމް ނިންމާފައިވާ 17 ދަރިވަރުންނާއި ފެކަލްޓީ އޮފް އާރޓްސްގެ 26 ދަރިވަރުން، ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ 62 ދަރިވަރުން، ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސުޓަޑީސްގެ 8 ދަރިވަރުން އަދި ފެކަލްޓީ އޮފް ޝަރީއަރ އެންޑް ލޯގެ 18 ދަރިވަރުން ހިމެނެވެ.
ހަމައެހެންމެ ފެކަލްޓީ އޮފް ހެލްތް ސައިންސްއިން ދަސްވެނިވި 20 ދަރިވަރުންނާއި ފެކަލްޓީ އޮފް އިންޖީނިއަރިންގް ސައިންސް އެންޑް ޓެކްނޮލޮޖީގެ 26 ދަރިވަރުންނާއި، ކޮލެޖް އޮފް ފިޝަރީސް އެންޑް އޯޝަން ސައިންސަސްގެ 3 ދަރިވަރުން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒު އާދަމް ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ރާއްޖޭގެ މުސްތަޤްބަލް ބައްޓަންކުރުމުގައި އަސާސީ ދައުރެއް އަދާކުރަމުން އަންނަ ރާއްޖޭގެ މާޒީއާއި މުސްތަޤްބަލް ގުޅުވައިދޭ މުހިންމު ވަސީލަތެއް ކަމަށެވެ.



