މާލޭ ރަސްފަންނު ސަރަހައްދު މޫދަށް ކަޅުތެޔޮ އެޅިފައި ވާތީ އެ ސަރަހައްދަށް މޫދަށް ނޭރެން ފުލުހުން އެދިއްޖެ އެވެ.
ފުލުހުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.
”ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން، މި ކަން ތަޙުޤީޤުކޮށް، އެ ސަރަޙައްދު ބެލެހެެއްޓުމުގެ މަސައްކަތް ކުރަމުން އެބަދޭ“ ފުލުހުން ބުނެފައި ވެއެވެ.
އެހެންކަމުން އެ ސަރަހައްދަށް މޫދަށް ނޭރުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.



