ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ޓަވަރު 15 އިން މާދަމާ ކަރަންޓް ކެެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް ތާވަލު ކުރެވިފައިވާ ކަމަށާއި އެ މަސައްކަތް ކުރިއަށްދާނީ އެކި ދުވަސްތަކަށް ބަހާލައިގެން ކަމަށް ސްޓެލްކޯ އިން ހާމަކުރެއެވެ.
ސްޓެލްކޯއިން ބުނީ މާދަމާ 15 ވަނަ ޓަވަރުގައި އެ ކުންފުނިން އެ މަސައްކަތް ކުރާނެ ކަމަށެެވެ.
އެގޮތުން މާދަމާގެ ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު، ހިޔާ ޓަވަރު 15 އިގެ ކޮންމެ އެޕާޓްމަންޓަކުން ވެސް ގާތްގަޑަކަށް 30 މިނިޓަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ.
ސްޓެލްކޯ އިން ވަނީ އެ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.




