މާލޭގެ އިމާރާތެއްގެ މަތިން 21 އަހަރުގެ ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް 21އ ގެ ބަންދުގެ މުއްދަތަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފިއެވެ.
ރައުދުގެ ބަންދަށް 10 ދުވަސް ޖަހާފައި މިވަނީ އެންމެ ފުރަތަމަ އޭނާ ބަންދު ކުރުމަށްފަހު ޖެހި ފަސް ދުވަހުގެ ބަންދުގެ މުއްދަތު މިއަދަށް ހަމަވުމުންނެވެ.
މިދިޔަ 18 ވަނަ ދުވަހުގެ ހެނދުނު ހ. އިމާރާތެއްގެ މަތިން ވެއްޓިފައި އޮއްވާ ފެނުނީ ހައްވާ ޔުމްނު ރަޝީދު 21 އ އެވެ.
ފުލުހުންގެ ތަހުގީގަށް ސީސީޓީވީ ވީޑިއޯ ފުޓޭޖުތަކުގެ އެހީގައި ދެނެގަނެވިފައިވާ ގޮތުގައި ޔުމްނު ވެއްޓުމުގެ ކުރިން އެންމެފަހަށް އޭނާ އާއެކު ހެންވޭރު ގެއެެއްގެ ތެރޭގައި ހަރަކާތްތެރިވެފައި ވަނީ ރައުދު އަހުމަދު ޒިލާލް، 21އ އެވެ.
ރައުދު ހިމެނޭހެން އެ ހާދިސާއާ ގުޅުން ހުރި 8 މީހަކާ ގުޅުން ހުރި ތަންތަން ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ.
އަދި ފުލުހުން ވަނީ އެ ހާދިސާގައި ހިމެނޭ 8 މީހުންގެ ޕާސްޕޯޓުވެސް ހިފަހައްޓާފައެވެ.
އެ 8 މީހުންނަކީ:
ރައުދު އަހުމަދު ޒިލާލް، 21، ގ. އެރިޔަދޫ
އައިޝަތު ލަޔާލީ އިގުބާލް، 22، ގ. ނޯތުބްރީޒް
އިޒްދިޔާން މުހައްމަދު މައުމޫން، 28، މއ. މާންދޫގެދެކުނުގެ
ޔޫސުފް އަހްމަދު އަކްރަމް، 22، މއ. މާންދޫގެދެކުނުގެ
ޔޫސުފް ޔައްސާރު އަބްދުއްގަފޫރު، 28، ހ. މީނާޒު
އާމިނަތު ޖުނައިދާ ޖަމްޝީދު، 24، މ. ތިލަފަޅު
ހުސައިން ހަމީސް އަލީ، 28، އަލި ، ނ. ވެލިދޫ
އިޖާޒު ޖާއިޒު، 24، މާތޮޑާއަވަށް އޭޕްރީލް، ގދ. ފަރެސްމާތޮޑާ



