ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ”ފިނި ހިޓާޗީ“ ޕްރޮމޯޝަން ފަށައިފިއެވެ.
އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިއްކާ ހިޓާޗީ ބްރޭންޑުގެ އެއަރ ކޮންޑިޝަނަ ”ފިނިފިނި ހިޓާޗީ“ ޕްރޮމޯޝަން ފައްޓަވައިދެއްވީ އެފްއެސްއެމްގެ އެމްޑީ ފާތިމަތު އާޝާން އެވެ.
އެސްޓީއޯއިން ގެނެސްދޭ ހިޓާޗީ އެއަރ ކޮންޑިޝަނިން ޕްރޮޑަކްޓްތަކުގެ ހާއްސަ ވިޔަފާރީގެ މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުގައި ހިޓާޗީ އެއަރ ކޮންޑިޝަންގެ ޕްރޮޑަކްޓުތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.
މީގެ އިތުރުން 1،000 ރުފިޔާއިން މަތީގެ ކޮންމެ ގަތުމަކަށް ހާއްސަ ކޫޕަނެއް ލިބިވަޑައިގަންނަވާނެ އެވެ. އަދި ޕްރޮމޯޝަނުގެ ލަކީ ވިނާއަކަށް 30،000 ރުފިޔާގެ ހޯމް އެޕްލައިންސް ސާމާނުގެ ޕެކޭޖެއް ލިބިވަޑައިގަންނަވާނެ އެވެ.
ހިޓާޗީ ބްރޭންޑުގެ އެއަރ ކޮންޑިޝަނަތަކަކީ ހަކަތަރި އެނާޖީ ލޭބަލް ލިބިފައިވާ، ތިމާވެށްޓާ ރައްޓެހި އަދި ކަރަންޓު ހަރަދު ކުޑަ އުފެއްދުންތަކެކެވެ.



