ލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް ފާކު ނުކުރަން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުުހުން ބުނީ މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލް ބޭނުންކުރާ ރައްޔިތުންނަށް ދަތިވާ ގޮތަށް، ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުފަހަރު ނަގައި، އެ ސަރަހައްދު އަލުން އިންތިޒާމުކުރުމުން ފަސޭހަކަމާއެކު އެ ޓާމިނަލް ބޭނުންކުރެވޭނެ މަގު ތަނަވަސްވެފައިވާ ކަމަށެވެ.
”ގިނަ ބަޔަކު ބޭނުންކުރާ މި ފަދަ ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކު ނުކުރެއްވުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރަން. ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ، މުޅި މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މުހިންމު ކަމެއް“ ފުލުހުން ބުނެފައި ވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ފަހުންވެސް ވަނީ ޕާކު ކުރުން މަނާ ސަރަޙައްދުތަކުގައި އާންމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ބަހައްޓާފައިވާ އުޅަނދުތަކާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެކަން ހާމަކޮށްފައެވެ.
އެގޮތުން ގްރީން ޒޯން ސަރަޙައްދާއި ސަލްމާން މިިސްކިތް ހިމެނޭ ސަރަޙައްދުގެ އިތުރުން، ބޮޑުތަކުރުފާނު މަގުގައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތައް ފިޔަވާ އެ ނޫން ތަންތަނުގައި ޕާކް ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އަދި މާލޭގެ ބާރުބޮޑު ސަރަހައްދުގައި ބަރު އުޅަނދު ޕާކް ނުކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.



