ކ. ކާށިދޫއަށް ސްޓެލްކޯއިން ފޮނުވި އައު ޖެނެރޭޓަރު ސެޓު ބޭނުން ކުރަން ފަށައިފިއެވެ.
ސްޓެލްކޯ އިން މިރޭ ބުނީ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ދެމުންގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، މިހާރު 500ކޭވީ ގެ އައު ޖަނަރޭޓަރު ސެޓެއް އެރަށަށް ފޮނުވާފައިވާ ކަމަށެވެ.
އަދި އެ ޖަަނަރޭޓަރު ސެޓު ކޮމިޝަންކޮށް މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.
ސްޓެލްކޯ އިން ބުނީ މި ޖަނަރޭޓަރުސެޓާއެކު، ކާށިދޫގެ ޖެނެރޭޝަން ކެޕޭސިޓީ ވަނީ 2562ކޭވީ އިތުރުކުރެވިފައި ކަމަށެވެ.



