ދ. ވާނީގައި ފުލުހުންގެ ޓްރެއިނިންގް ހަދަމުން ދަނިކޮށް ހާލު ސީރިއަސްވި ޕޮލިސްމީހާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް ފުލުހުން ބުނެފިއެވެ.
ވާނީގައި ފުލުހުންގެ ތަމްރީނު ހަދަނިކޮށް ހާލު ދެރަވެ 34 އަހަރުގެ ރެކްރޫޓަކަށް ފަރުވާދޭން ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ 4:48 ގައެވެ.
އަދި އިތުރު ފަރުވާއަށް އޭނާ މާލެ ގެނެސްފައި ވަނީ އެ ދުވަހުގެ މެންދުރު 13:22 ހާއިރުއެވެ.
އެ ދުވަހު އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ފަށާފައިވާކަމަށާއި ހާލު ”ކްރިޓިކަލ“ް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން މިއަދު ބުނީ އަދިވެސް އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.
ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



