މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވރުނަރުކަމުގެ މަގާމަށް، އާއިޝަތު އަސްނާ ހަމްދީ އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ޑެޕިޔުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަނު ކުރަން ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އަސްނާގެ ނަން ފޮނުއްވާފައި ވަނީ މާރިޗު މަހުގެ 30 ވަނަ ދުވަހުއެވެ.
އެގޮތުން އެ މައްސަލަ ދިރާސާކުރި މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އަސްނާއާ އިންޓަވިއުކޮށްފައެވެ.
އަދި އެ ބައްދަލުވުމުގައި އަސްނާއަށް މަޖިލީހުން ރުހުންދޭން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑެޕިއުޓީ ގަވަރުނަރު އަަހުމަދު އިމާދު މިދިޔަ މާރިޗު މަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެމްއެމްއޭގައި ޚިދުމަތްކުރާތާ 17 އަހަރުވެފައި އަސްނާ ވަނީ އެމްއެމްއޭގެ ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމެންޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި އެމްއެމްއޭގެ ސީނިއާ މެނޭޖަރެއްގެ މަގާމުވެސް އަދާކުރައްވާފައެވެ.



