ހުޅުމާލެ ފޭސް 1 ގައި ހުންނަ ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މި މަޝްރޫޢުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ބީލަމުގައި ރަޖިސްޓަރީ ވެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.
އެ ބީލަމުގައި ރަޖިސްޓަރީ ވުމަށް 500ރ. ދައްކަން ޖެހޭއިރު، ބިޑް ސިކިއުރިޓީގެ ގޮތުގައި 121،000ރ. ހުށަހަޅަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ބުނީ ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުން ކުރިއަށްގެންދާނީ ”ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރާފަރާތްތަކުގެ ގަވާއިދު“ އާއި ”ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު“ގެ ތެރެއިންނެވެ.
އަދި “ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ“ގެ ދަށުންކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.


