ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އަލްއުސްތާޛާ އައިޝަތު މުހައްމަދު އައްޔަނުކޮށްފިއެވެ.
ޑެޕިއުޓީ ޕީޖީގެ މަގާމަށް އައިޝަތު އައްޔަނުކޮށްފައި މި ވަނީ އެ މަޤާމުގައި ހުންނެވި އަލީ ސަމީރު މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އިސްތިއުފާ ދެއްވާފައި ވާތީއެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ ކޯޑިނޭޓަރު ޝަފީއު އަހުމަދު މިއަދު ވިދާޅުވީ ޕީޖީ އޮފީހުން ވިދާޅުވީ 2011 ވަނަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހުން ފެށިގެން އައިޝަތު މުހައްމަދު އެ އޮފީހުގައި މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
އަދި އައިޝަތު މުހައްމަދަކީ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ މަގާމުގައި ހުންނެވި ވަކީލެއް ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން ޝަފީއު ވިދާޅުވީ، އެސިސްޓަންޓް ޕީޖީއަކަށް އަލްއުސްތާޛު ހުސެއިން ސާމީ އައްޔަނުކޮށްފައިވާ ކަމަށެވެ.
ޝަފީއު ވިދާޅުވީ ސާމީ އަކީ 2018 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އޮފީހުގައި ވަކީލެއްގެ ގޮތުގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެެވެ.



