އެލައިޑް އިންޝުއަރަންސް ކުންފުނިން ކޮންމެ އަހަރަކު ވެސް މާލޭގައި ބާއްވަމުންދާ އާއިލީ ހަވީރު ”އެލައިޑް ފެސްޓް“ އަތޮޅުތެރެއަށް ފުޅާކޮށް، އިއްޔެ ހަވީރު ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންގޮސްފިއެވެ.
އެލައިޑުން ބުނި ގޮތުގައި ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އިއްޔެ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ހަވީރު އިންތިޒާމް ކޮށްފައި ވަނީ އެލައިޑް އިންޝުއަރަންސާއި ކްލަބް ކޮރަލްސް، ހދ. އަތޮޅު ތައުލީމީ މަރުކަޒު، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ކުޅުދުއްފުށި މޮޓޯ ސްޕޯޓްސް ގުޅިގެންނެވެ.
އާއިލާތަކަށް އުފާވެރި މަޖާ މާހައުލެއްގައި ވަގުތު ހޭދަކުރެވޭނެ ފަދަ ގިނަ ގޭމްތަކާއި އިނާމްތަކާ އެކު ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާއިލާތަކުން ވަނީ ބައިވެރިވެފައެވެ.
އަތޮޅުތެރޭގައި ބޭއްވި އެންމެ ފުރަތަމަ އެލައިޑް ފެސްޓަށް އާއިލާތަކުން ދިން ތަރުހީބު ފާހަގަކޮށް، އެލައިޑުން ވަނީ ހަރަކާތް އެހާ ފުރިހަމަ ގޮތެއްގައި އިންތިޒާމް ކުރުމަށް އަތުގުޅާލި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
އެލައިޑް ފެސްޓަކީ އާއިލާތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އިވެންޓެއްކަމުން، އާއިލާތަކަށް ހާއްސަ ސޭވިން އަދި މާލީ ރައްކާތެރިކަން ހޯދޭނެ ފެމެލީ ޕްލޭންތަކާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.
އޭގެ ތެރޭގައި މުޅި އަހަރަށް ދިގުދެމިގެންދާ، ކޮންމެ ފެމެލީ ޕްލޭނެއްގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭ އޮފާ އާ ބެހޭ މައުލޫމާތު ހިމެނެ އެވެ. އަދި މި މަހުގެ ނިޔަލަށް ހަމަވާ، އަންހެނުންނަށް ހާއްސަ ޕްލޭނެއް ކަމުގައިވާ ”ކަމަނަ“ ގެ ފުރަތަމަ މަހުގެ ޕޭމަންޓުން 100 ޕަސެންޓް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނުގެ މައުލޫމާތު ވެސް ވަނީ ފޯރުކޮށްދީފަ އެވެ.



