ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ހުޅުމާލޭގެ ކެފޭތަކާއި ރެސްޓޯރެންޓުތަކުން ޑިސްކައުންޓް ލިބޭ ”ޑިސްކައުންޓް ވީކް“ ފަށައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގެ ގިނަ ކެފޭތަކާއި ރެސްޓޯރެންޓު އަދި ފިހާރަތަކުން ބޮޑެތި ޑިސްކައުންޓުތައް ލިބޭ ޑިސްކައުންޓް ހަފްތާ ފެށީ މި މަހުގެ 10 ވަނަ ދުވަހު ކަމަށާއި މި ޕްރޮމޯޝަން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
އެގޮތުން، ގިނަ ފިހާރަ އަދި ރެސްޓޯރެންޓުތަކުގެ ހުރިހާ އައިޓަމްތަކުން ޑިސްކައުންޓު ދިނުމަށް ހަމަޖެހިފައިވާއިރު، ބައެއް ފިހާރަތަކުން ކޫޕަނާއި ހަދިޔާވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
އެޗްޑީސީން ބުނީ މިއީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް، އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، އެކިއެކި ވިޔަފާރިތަކާ ގުޅިގެން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.
ޑިސްކައުންޓު ލިބޭނެ ހުޅުމާލޭގެ ކެފޭތަކާއި ފިހާރަތައް:
- ފަހި ޕްލާޒާ (%05 ސްޓޯ ވައިޑް ޑިސްކައުންޓް) _ހުވަނދުމާ ހިނގުން.
- ރަޓަޓޫލީ (%10 ސްޓޯ ވައިޑް ޑިސްކައުންޓް) _ ހިތިގަސް މަގު، ގޯޅި 17.
- އެމްއެޗްއޭ މާޓް (ބައެއް ބްރޭންޑުތަކުގެ ތަކެތިން %15 ޑިސްކައުންޓް)_ ރެއިންކްރެސްޓް ރެސިޑެންސް އަދި ނިރޮޅުމަގު 16 އައުޓްލެޓް.
- ބްރެޑް މެޓާރސް (%10 ސްޓޯ ވައިޑް ޑިސްކައުންޓް) _ ސެންޓްރޯ މޯލް.
- އިހްސާން ފިހާރަ (ކޫޕަން އަދި ގިފްޓްސް) _ވިނަރެސް 10، ހުޅުމާލެ ފޭސް 2.
- މަންހެޓަން ފިޝް މާކެޓް (%05 ސްޓޯ ވައިޑް ޑިސްކައުންޓް) _ ސެންޓްރޯ މޯލް.
- ގްލޯރިއާ ޖީންސް (%10 ސްޓޯ ވައިޑް ޑިސްކައުންޓް) _ އަމިން އެވެނިއު، މޭޕަލް ޓަވަރ.
- ކޮފީ ވިއު (%05 ސްޓޯ ވައިޑް ޑިސްކައުންޓް) _ ފެރީ ޓާމިނަލް ކިއޮސްކް 1.
- ޗިކިންގ (%10 ސްޓޯ ވައިޑް ޑިސްކައުންޓް) _ އަމިން އެވެނިއު، އޯކް ޓަވަރ.
- ރެޑްވޭވް ( ބައެއް ބްރޭންޑުތަކުގެ ތަކެތިން %10 ޑިސްކައުންޓް) _އަސުރުމާ ހިނގުން.
- ބޭކާރސް ބާސްކެޓް (%05 ސްޓޯ ވައިޑް ޑިސްކައުންޓް) _ ނިރޮޅު މަގު، ލޮޓް ނަންބަރު 11203.
- އަރިއްސާ (ބައެއް ބްރޭންޑުތަކުގެ ތަކެތިން %15 ޑިސްކައުންޓް) _އަމިން އެވެނިއު، މޭޕަލް ޓަވަރ.
- އެސްޖޭ މޯލް (ބައެއް ބްރޭންޑުތަކުގެ ތަކެތިން %30 ޑިސްކައުންޓް)_ ބޯގަންވިލާ މަގު.
މީގެ އިތުރުން، މިއަދު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ފެސްޓިވަލެއް ގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
އެގޮތުން، މި މަހުގެ 10 ވަނަ ދުވަހު ކުލަގަދަ ފެމިލީ ކާނިވަލްއަކުން ފެށި މި ހަރަކާތްތައް، ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި އޮންނާނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
މިގޮތުން ސްޓޯރީ ފޮޓޯ ވޯކް، ހުޅުމާލެ މަސްރޭސް، ސައިކްލިންގ ޗެމްޕިއަންޝިޕް، ހެލްތު ކޭމްޕްގެ އިތުރުން ބީޗް ފެސްޓެއް މި ހަފްތާގެ ތެރޭގައި ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.



