މުދަލަށް ގެއްލުންދިން މައްސަލައެއްގައި ދެ މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި އެ ދެމީހުންގެ ވީޑިއޯ އާންމުކުރުމަށްފަހު ފުލުހުން މިއަދު ބުނީ އެ ވީޑިއޯ އިން ފެންނަ މީހުންނަކީ ހެންވޭރު ޕޮލިހުން ތަހުގީގު ކުރަމުންދާ މުދަލަށް ގެއްލުންދިނުމުގެ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ ދެ މީހުން ކަމަށެވެ.
ނަމަވެސް މިހާތަަނަށް ކުރި މަސައްކަތުން އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ އެ ދެ މީހުން ހޯދިފައި ނުވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
އެހެންކަމުން އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް ހެންވޭރު ޕޮލިސްގެ ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.



