ދެ ފައިވާން ވަގަށް ނެގި ފުވައްމުލަކު މީހަކު ފަސް ދުވަހަށް ބަންދުކޮށްފިއެވެ.
ދެ ފައިވާނެއް ވަގަށް ނަގައިގެން ފިހާރައެއް ކައިރީ ވިއްކަން އިންދާ ހައްޔަރުކޮށްފައި ވަނީ ފުވައްމުލަކަށް ނިސްބަތްވާ 30 އަހަރުގެ ޒުވާން ފިިރިހެނެކެވެ.
ހައްޔަރުކޮށް، ވައްކަން ކުރި ކަމުގެ ތުހުމަތުގައި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފައެވެ.
އޭނާ ހައްޔަރުކުރަން ނެރުުނު ކޯޓު އަމުރުގައި ބުނީ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެ ވެސް މިންވަރެއްގެ ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.
އެ އަމުރުގައި ބުނީ އޭނާ ހައްޔަރުކުރީ ދެ ފައިވާނެއް ވަގަށް ނަގައިގެން ފިހާރައެއް ކައިރީ ވިއްކަން އިންދާ ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރުމުން ކަމަށެވެ.
ކޯޓުގައި އޭނާ ބުނީ އެއީ ގެއެއްގައި ހުރި ކުނި ކޮތަޅަކުން ނެގި އެއްޗެއް ކަމަށެވެ. އެހެންނަމަވެސް، އެ ގެއަށް އޭނާ ވަންނަން ޖެހުނު ސަބަބެއް ބުނެދެވިފައިނުވާކަމަށްކޯޓު އަމުރުގައި ބުނެފައި ވެއެވެ.
އެހެންކަމުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާގެ މައްޗަށް ވަނީ ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ.



