މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ޕްރެޒެންޓަރު މޫސާ ރިޟްވާން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ މަނިކުފާނު އެ މަޤާމަށް އައްޔަން ކުރައްވަން ބޭނުންފުޅުވާ ތަރުތީބުން ނަންތައް މަޖިލީހަށް ފޮނުއްވާފައެވެ.
ރައީސް ވަނީ 10 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ.
އެ ނަންތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު %75 ވުރެ މަތިން މާކްސް ލިބުނު ފަސް ބޭފުޅުންގެ ތެރެއިން އެ މަޤާމަށް މޫސާ ރިޟްވާން އައްޔަންކުރުމަށް ފާސްވީ 70 މެންބަރުންގެ ވޯޓާއެކުއެވެ.
ބްރޯޑްކޮމްގެ ގޮނޑިއެއް ހުސްވެފައި މި ވަނީ އެ ކޮމިޝަނުން މުޙައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.



