ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ ބީޗް ފެސްޓްގެ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެގޮތުން މި ފެސްޓްގައި ހިމެނޭ ބީޗް ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މެއި 17 ވަނަ ދުވަހުގެ ހެނދުނު 9:00 އިން 18:00 އަށް ހުޅުމާލޭ ފުރަތަމަ ފިހަވަހީގެ ބީޗްގައެވެ.
މި ފެސްޓްގައި ކުޅުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކާއި އިނާމުތައް:
ހޭންޑްބޯލް – 5،000 ރުފިޔާ
3 އޮން 3 ބީޗް ފުޓްބޯލް – 5،000 ރުފިޔާ
ޓަގް އޮފް ވާ – (ހުރިހާ އުމުރަކަށްވެސް ހުޅުވާލާފައި) 5،000 ރުފިޔާ
ކެނޯއީ ރޭސް (ހުރިހާ އުމުރަކަށްވެސް ހުޅުވާލާފައި)- 5،000 ރުފިޔާ
ފަލިޖެހުން – 5،000 ރުފިޔާ
ޕާކް ވޮލީ ބޯލް -( ހުރިހާ އުމުރަކަށްވެސް ހުޅުވާލައިފައި) 5،000 ރުފިޔާ
އެޗްޑީސީން ބުނީ މި ފެސްޓްގައި ބައިވެރިވުމުގެ ފުރުސަތު މެއި 15 ވަނަ ދުވަހުގެ މެންދުރުފަހު 3:30 އާއި ހަމައަށް އޮންނާނެ ކަމަށެވެ.
މި ފެސްޓިވަލްގެ މަގްސަދަކީ ހުޅުމާލޭގެ ތަރައްޤީއާއި ކުރިއެރުން ފާހަގަކުރުމާއެކު، މުޖުތަމަޢުގެ އެކުވެރިކަން އިތުރުކޮށް، ހުޅުމާލޭގެ ވަކި ޚާއްޞަ ކަންކަން ފާހަގަކުރުން ކަމަށް އެޗްޑީސީން ހާމަކުރެއެވެ.



