ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކުގެ ގުރުނެގުމުގެ އިވެންޓް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދަން ހައުސިން މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުނެގުމުގެ އިވެންޓް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެގޮތުން ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން 17 މެއި 2025ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 ގައި ހައުސިން މިނިސްޓްރީގައި އޮންނާނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން މިކަމާއި ގުޅޭ މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 17 މެއި 2025ވާ ހޮނިހިރު ދުވަހުގެ މެންދުރު1200ގެ ކުރިން އެ މިނިސްޓްރީއަށް މެއިލްކޮށްގެން މަޢުލޫމާތު ސާފުކުރުމަށް ވަނީ އެދިފައެވެ.
ހައުސިން މިނިސްޓްރީން ބުނީ ބީލަން ހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 17 މެއި 2025ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައި އެ މިނިސްޓްރީގައި ކަމަށެވެ.
މި މަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް އެ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާނެ ކަމަށް ހައުސިން މިނިސްޓްރީން ހާމަކުރެއެވެ.




